ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ބޮޑުވެފައި ވަނިކޮށް އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޕަތަނަމްތިއްޓާ ޑިސްޓްރިކްތަށް ނިސްބަތްވާ އާއިލާއެއް އެއްކޮން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެއްޖެ އެވެ.
ކެރެލާގެ ހެލްތް މިނިސްޓަރު ކޭކޭ ޝައިލާޖާ ވިދާޅުވީ އެ އާއިލާގެ ތިން މީހަކު އިޓަލީއަށް ދަތުރު ކުރިކަން އެއާޕޯޓު އޮފިޝަލުން ސުވާލު ކުރުމުން ބުނެފައި ނުވާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސް ފެތުރޭ ގައުމަކަށް ދަތުރުކޮށްފައި ނުވާތީ އެމީހުން ސްކްރީން ކޮށްފައެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އޭގެ ފަހުން ވައިރަސްގެ އަލާމަތްތައް ފެނިގެން ހޮސްޕިޓަލަށް ދިޔައީ އެ އާއިލާގެ އެހެން މީހަކު ކަމަށެވެ. އެ ފަސް މީހުން ފުރަތަމަ ވަނީ ކަރަންޓީން ފެސިލިޓީގައި އެޑްމިޓްވުމަށްވެސް ދެކޮޅު ހަދާފައި އެވެ. އެކަމަކު ކެރެލާ ސަރުކާރުން ވަނީ އެކަމާ ދެކޮޅު ހަދާ އެ އާއިލާގައި ވައިރަސްއަށް ޕޮސިޓިވްވި ފަސް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އެވެ.
މި ފަސް މީހުންނާއި އެކު މިހާރު އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ39 މީހުން އެބަތިއްބެވެ.
އެންމެ ފުރަތަމަ އިންޑިއާއިން ކޮރޮނާ ވައިރަސް ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރަކު އެނބުރި ގައުމަށް ދިއުމުންނެވެ. އެކަމަކު އޭނާ ވަނީ ފަރުވާއަށް ފަހު މިހާރު ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް