ކޯވިޑަށް ޝައްކު ކުރެވޭ ފަތުރުވެރިއަކު ހުރުމުން ބަތަލާ ރިސޯޓް ލޮކް ޑައުން ކޮށްފި

ކޯވިޑް-19 ގެ އަލާމާތްތަށް ފަތުރުވެރިއެއްގެ ގައިން ފެނުމުން، ބަތަލާ ރިސޯޓް ވަގުތީ ގޮތުން "ލޮކްޑައުން" ކޮށް އެ ފަތުރުވެރިޔާ ކޯވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން...

07 Mar 2020 | 21:01

ކޯވިޑް-19 ގެ އަލާމާތްތަށް ފަތުރުވެރިއެއްގެ ގައިން ފެނުމުން، ބަތަލާ ރިސޯޓް ވަގުތީ ގޮތުން "ލޮކްޑައުން" ކޮށް އެ ފަތުރުވެރިޔާ ކޯވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށެވެ.

އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން މިވަނީ ވަގުތީ ގޮތުން ހުއްޓާލާފަ. މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް