ގއ. މާމެންދޫގައި މާރާމާރީއެއްގައި ކުއްޖަކު މަރާލައިފި

ގއ. މާމެންދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލައިފި. ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ވި ޒަހަމްތަކުގައި މަރުވެފައިވަނީ ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އ...

08 Feb 2021 | 18:58

ގއ. މާމެންދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލައިފި.

ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ވި ޒަހަމްތަކުގައި މަރުވެފައިވަނީ ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.

ފުލުހުން ބުނެފައިވަނީ އެރަށުގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގާފައިވަނީ މިރޭ 10:10 ހާއިރުކަމަށެވެ. ދެ މީހަކު ޒަހަމްވި އިރު މަރުވީ 17 އަހަރުގެ ކުއްޖާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ކުއްޖާ މަރުވީ ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ޒަހަމްވި އަނެއް މީހާއަށްވެސް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލްގައި އެވެ.

މާމެންދޫގައި ހިންގި މާރާމާރީގައި އިތުރު މީހަކަށް އަނިޔާވި ކަމަށް ދެކެވޭ ވާހަކަ ފުލުހުން ވަނީ ދޮގުކޮށްފައި އެވެ.

މި މާރާމާރީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް