ކޮވިޑަށް ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން މިއަދު 3190 މީހަކަށް ޖަހައިފިއެވެ.
މިއާއެކު ރާއްޖެއިން ވެކްސިން ޖަހާފައިވާ ޖުމްލަ އަދަދު މިވަނީ 12934 އަށް އަރާފައެވެ.
އެޗްޕީއޭއިން މިރޭ ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގައި 3190 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާއިރު އޭގެ ތެރެއިން 2663 މީހަކަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށްރަށުގައި މިއަދު ވެކްސިން ދީފައިވަނީ 527 މީހަކަށެވެ.
މިހާތަނަށް ޖުމްލަ 12934 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާއިރު އޭގެ ތެރެއިން 10 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށްރަށުން މިހާތަނަށް ވެކްސިން ދީފައިވާ އަދަދު އުޅެނީ ދެ ހާހަށްވުރެ މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް