ކޮވިޑަށް މިއަދު ރާއްޖެއިން 126 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ރާއްޖެއިން 126 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 98 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށްރަށުން އިތުރު 19 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ރިސޯޓްތަކުން ނުވަ މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 16909 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 2075 އަށް އަރާފައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އުޅެނީ 204 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް