ޔޫއެސްޑަބުލިޔުއެޗްސީ: މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިޓީމުތަށް ކަށަވަރުވެއްޖެ

ލ. ފޮނަދޫގައި މިހާރު ފެށިގެން ކުރިޔައްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ކުއާޓާ އަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހ...

08 Feb 2021 | 14:29

ލ. ފޮނަދޫގައި މިހާރު ފެށިގެން ކުރިޔައްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ކުއާޓާ އަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް އިއްޔެއާއި ރޭ ކުޅެނިމިފައިވާއިރު، ކުއާޓާ ފައިނަލްގެ ޖާގަތަށް ކަށަވަރު ކޮށްފައިވަނީ ގްރޫޕް އޭއިން ތިން ޓީމް އާއި ގްރޫޕް ބީ އިން ތިންޓީމް އަދި ގްރޫޕް ސީ އިން ދެ ޓީމެވެ.

ގްރޫޕް އޭ އިން ކުއާޓާ އަށް ދަތުރުކުރި ޓީމު ތަކަކީ ލާމު ޔޫތް މޫވްމަންޓް، އެލްވައޑީ ހޭންޑްބޯލް އެކަޑަމީ އަދި އައިލެންޑް ޔޫތް ޔުނައިޓެޑްއެވެ.

އަދި ގްރޫޕް ބީއިން ތިން ޓީމް މުބާރާތުގެ ކުއާޓާއަށް ދަތުރު ކުރިއިރު، އެޓީމު ތަކަކީ ގޯޅި ސްޕޯޓްސް ކުލަބް، ތުނޑީ ރިވޮލިއުޝަން ޔޫތް އަދި ކުރިގަމް ކަނބަލުން އެވެ.

އަދި ގްރޫޕް ސީ އިން މުބާރާތުގެ ކުއާޓާ އަށް ދަތުރު ކުރީ ކާމް އެމްބީޑީ އަދި ޑަބްލިޔުޑީސީ މާމެންދޫ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް ވެސް މާދަމާ ހަވީރާއި މާދަރޭ ކުޅެން ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ކުޅެން ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޢާޓާއަށް ދަތުރުކުރި ލާމް ޔޫތް މޫވްމަންޓް އާއި ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ކުޢާޓާއަށް ދަތުރު ކުރި ތުނޑީ ރިވޮލިއުޝަން ޔޫތް އެވެ. މި މެޗު ފެށުމަށް ހަޖަހިފައިވަނީ މާދަމާ ހަވީރު 4:45 ގައެވެ.

ކުއާޓާ ފައިނަލްގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:10 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ގޯޅި ސްޕޯޓްސް ކުލަބާއި ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ޑަބްލިޔުޑީސީ މާމެންދޫއެވެ.

މާދަމާރޭ 9:10 ގައި ކުޅޭ ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ކާމް އެމްބީޑީ އާއި ގްރޫޕް އޭގެ ތިންވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރު ކުރި އެލްވައިޑީ ހޭންޑްބޯލް އެކަޑަމީއެވެ.

އަދި ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މާދަމާރޭ 10:10 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި އައިލެންޑް ޔޫތް ޔުނައިޓެޑް އަދި ގްރޫޕް ބީގެ ތިންވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ކުރިގަމް ކަނބަލުންގެ ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިމުމައްވެސް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް