ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.
އަބޫދާބީން އެކުލަވާލާފައިވާ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން އެ ގައުމަށް ދަތުރު ކުރާ މީހުން ކަރަންޓީން ވާކަށްނުޖެހޭނެ އެވެ. ރާއްޖެ އާއި އެކު އެ ލިސްޓުން އިތުރު ފަސް ގައުމެއް އުނިކޮށްފައިވެ އެވެ.
ރާއްޖޭގެ ނަން އެ ލިސްޓުން އުނިކޮށްފައި މިވަނީ ގްރީން ލިސްޓަށް ރާއްޖޭގެ ނަން އެރިތާ ދެ ހަފްތާ ތެރޭގައި އެވެ. މި ލިސްޓަކީ ކޮންމެ ދުވަހަކު ބަދަލު ގެންނަ ލިސްޓަކަށް ވާއިރު ކޯވިޑްގެ ހާލަތު ރަނގަޅު ކަމަށް ބަލައި ޔޫއޭއީއަށް އެތެރެވާ މީހުންގެ ތެރެއިން ކަރަންޓީން ވާން މިހާރު ނުޖެހެނީ12 ގައުމަކުން ދަތުރު ކުރާ މީހުންނެވެ.
ލިސްޓުން ރާއްޖެ އުނި ކުރުމުން މިހާރު އެ ގައުމަށް ރާއްޖެއިން ދާ މީހުން10 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ. އަދި އެ ގައުމަށް ގޮސް ޕީސީއާރު ޓެސްޓެއްވެސް ހަދަން ޖެހޭނެ އެވެ.
އަބޫދާބީން މި ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި އެ ގައުމެއްގައި ބަލި ފެތުރޭ އަދަދަށް ބަލައިފަ އެވެ.
އަބޫދާބީގެ ގްރީން ލިސްޓުން އުނިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި ބަހްރެއިން، ގަތަރު، ތައިލެންޑް، އޮމާން އަދި ފޯކްލޭންޑް އައިލެންޑްސް ހިމެނެއެވެ.
އެކަމަކު ބޫޓާންއާއި އަޔަލޭންޑް ވަނީ ގްރީން ލިސްޓަށް އިތުރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް