އދ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފި: މުޅި އަތޮޅަށް ވެކްސިން ދިނުން މި ހަފްތާގައި

ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފިއެވެ. އދ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ބުންޔާމިން 'ދުވ...

08 Feb 2021 | 11:36

ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށައިފިއެވެ.

އދ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ބުންޔާމިން 'ދުވަސް' އަށް ވިދާޅުވީ، މިއަދު ވެކްސިން ޖަހާފައި ވަނީ 30 މީހުންނަށް ކަމުގައެވެ. އެއީ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ބޭޅުފުންނާއި80 އަހަރުން މަތީގެ މީހުންނަށެވެ.

މުޅި އަތޮޅަށް 550 ޑޯޒް ލިބިފައި ވާކަން ފާހަގަކުރައްވާ، ބުންޔާމިން ވިދާޅުވީ، މިހާރު ވަނީ ހުރިހާ ރަށެއްގައި ވެކްސިން ދިނުމަށްޓަކައި ޓްރެއިނިންގް ދީފައި ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި އަތޮޅުގެ އެހެން ރަށްތަކުގައި ވެސް ވެކްސިން ދޭން ފަށާނެކަމަށެވެ.

މިިހާތަނަށް ރާއްޖެއިން ވެކްސިން ދީފައިވަނީ 9،752 މީހުންނަށެވެ. އެގޮތުން މާލޭގައި މިހާތަނަށް ވެކްސިން ދީފައިވަނީ 7،963 މީހުންނަށެވެ. އަދި އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 1،789 މީހުންނަށެވެ.

މިހާރު މާލޭގައި ކޯވިޑް-19 ވެކްސިން ދެމުންދަނީ ހަ ސެންޓަރެއްގައި އެވެ. އަދި އަތޮޅު ތެރޭގައި14 ސެންޓަރެއްގައި ދަނީ ކޯވިޑް-19 ވެކްސިން ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް