ގދ ތިނަދޫގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވަނީ އައްޑޫ ސިޓީގައި އޮތް ތަމްރީނެއްގައި ބައިވެރިވުމަށް ދިޔަ ގދ. ކާޑެއްދޫ އެއާޕޯޓުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމުން ނެވެ. ތަމްރީނު ނިންމައި ތިނަދޫއަށް ދިޔަ ފަހުން އެމީހާ ޕޮސިޓިވްކަން އެނގުނީ އައްޑޫ ހިތަދޫ ކްލަސްޓާ އާއި ގުޅުން ހުރި މީހެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ޓެސްޓު ކުރުމުންނެވެ.
މި ކޭސް އާއި ގުޅިގެން އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
އެޗްއީއޯސީން ބުނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮސިޓިވްވީ މިއަދު ކަމަށެވެ. އަދި މި ކޭސް އާއި ގުޅުން ހުރި މީހުން ދެނެގަނެ އެމީހާގެ ކޭސް އިތުރަށް ބަލަމުންދާ ކަމަށް ބުނެ އެވެ.
މި މަހު ދެ ފަހަރު ތިނަދޫ މޮނިޓަރިންއަށް ލާފައި ވެއެވެ.
ފުރަތަމަ މޮނިޓަރިންއަށްލީ އެ ރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު މާލެ އައި ފަހުން ޕޮސިޓިވްކަން އެނގުމުންނެވެ. އެކަމަކު އެ ފަހަރު ކޮންޓެކްޓު ޓްރޭސިން ހެދުމަށް ފަހު މިމަހުގެ ފަސް ވަނަ ދުވަހު ވަނީ މޮނިޓަރިންގެ ހާލަތު އުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް