ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް ހުޅުވާލައިފިއެވެ.
https://twitter.com/hdcmaldives/status/1358712963264221184
އެގޮތުން ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަންގެ އިއުލާނުގައި ވަނީ، ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ލޯކަލް މާރުކޭޓު(ރަށު މާރުކޭޓުން) 8 ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާފައި ވާ ކަމަށެވެ.
އެހެންކަމުން 2021 މާރޗް 7 ވާ ދުވަހުގެ 4:00 އާ 6:00 އާ ދެމެދު، ހުރަވީ ސްކުލްގައި ފޯމް ބަލައިގަތުން އޮންނާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ. އަދި އެ ތާރީޚާއި ގަޑިއަށް ނުވަތަ ތަނަށް ބަދަލު އަހިސްފިނަމަ، އެކަން އިއުލާނުކޮށް އަންގާލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް