ފުލުހުންގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށޫން އުފައްދަން ޖެހޭ ޕޮލިސް ބޯޑަށް އާންމުންގެ ފަރާތން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ބޯޓުގައި އ...

08 Feb 2021 | 09:47

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށޫން އުފައްދަން ޖެހޭ ޕޮލިސް ބޯޑަށް އާންމުންގެ ފަރާތން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ބޯޓުގައި އާންމުންގެ ފަރާތުން ތަމްސީލް ކުރާ ދެ މެމްބަރުން ތިއްބަވަން ޖެހެ އެވެ. ޖުމްލަ އެ ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އާންމުންގެ ފަރާތުން އެ ބޯޑަށް ކުރިމަތި ލައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބޯޑުގައި އާންމުންގެ ފަރާތުން ތިއްބަވާނެ ދެ މެމްބަރުން ކަނޑައަޅަނީ ކުރިމަތިލާ މީހުންގެ ވަނަވަރު ދިރާސާކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.

ފުލުހުންގެ ބޯޑުގެ ދައުރަކީ ހަތަރު އަހަރެވެ. އެ ބޯޑުގައި ތިއްބަވަނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެކެވ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް