ޙަލާލު ޙަރާމް ކަނޑަ އެޅުން އެއީ ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން: ޑރ. އިޔާޒް

ޙަލާލު ޙަރާމް ކަނޑަ އެޅުން އެއީ ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ،...

08 Feb 2021 | 09:06

ޙަލާލު ޙަރާމް ކަނޑަ އެޅުން އެއީ ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ، އެކަން ކަނޑަ އަޅުއްވާނީ ﷲ އާއި ރަސޫލާ ﷺ ކަމަށާއި، ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ޢިއްޒަތްތެރި މެމްބަރުންނަށް ނަޞޭޙަތްތެރިވާ ކަމަށެވެ.

އިޔާޒް މިހެން ވިދާޅުވެފައި މިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން، "މިއުޒިކުން" އިސްލާމްދީނަށް ހިތްކިޔާގޮތްވާކަމަށް ބުނެ އީވާ ޢަބްދުﷲ ވަނީ މިއަދު މަޖިލީހުގައި ވާހަކަ ދައްކާފައެވެ.

"މުޅި ދުނިޔެ، ޤައުމު އެކަންޏެއް ނޫން، މުޅި ދުނިޔެ އުޖާލާކޮށްލަން، އިންސާނާ އުޖާލާކޮށްލަން އަޅުގަނޑުމެން ގެންގުޅޭ އެއްޗަކީ މިއުޒިކް. މިއުޒިކަކީ، ލަވަޔަކީ، ޅެމަނީ އާދައިގެ ބަހުން މިހެން ބުނެލީމާ ނުފުދިގެން އަޅުގަނޑުމެން ގެންގުޅޭ އެއްޗެއް. "ބޭނުމޭ އިޝްޤާ، ބޭނުމޭ ލޯތްބާ" މިހެން ހަމަ ބުނެލީމާ ނުފުދޭތީވެ މި ލަވަޔަކުން ގެނެސްދޭންޖެހެނީ." އީވާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް