ފުލުހުންނަށް ކޮވިޑް 19 ވެކްސިން ދޭން ފަށައިފިއެވެ.
ކޯވިޑް 19 އިގެ ބަލިމަޑުން އަރައިގަތުމަށްޓަކައި ގައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިންދިނުމުގެ ކެމްޕެއިންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ވެކްސިން ދިނުމުގެ ޕްރޮގްރާމަ ފަށާފައި ވަނީ މިއަދުއެވެ.
ޕޮލިސް މެޑިކަލް ސަރވިސްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ އިސްކަންދަރު ކޮށީގައެވެ. ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ކޮންމެ މުވައްޒަފަކަށްވެސް ވެކްސިން ޖެހުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިއަދުގެ މިހާތަނަށް، ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 240 އަށްވުރެ ގިނަ މުވައްޒަފަކު ފުރިހަމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް