އީސީއަށް ޒާހިރު އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރު ކަމަށް މާލެ ހިޔާ 18-3 ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ. ...

08 Feb 2021 | 07:50

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރު ކަމަށް މާލެ ހިޔާ 18-3 ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޑރ. ޒާހިރު އީސީއަށް އައްޔަން ކުރުމަށް އޭނާގެ ނަން މަޖިލީހަށް ރއީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާގައި އަމީން އާންމު ފާތިމަތު ނިއުޝާ ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސީޓި އާއި އެކު މި ނަން މަޖިލީހަށް އިއްވައި ދެއްވި އެވެ.

އެކަމަކު އެ މަގާމަށް ކުރިމަތިލީ އެހެން ބޭފުޅުންގެ ނަންތަކެއް ހާމައެއް ނުކުރައްވަ އެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހަށް ހުށަހެޅުއްވައި ނިމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު އެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވާފައި އެވެ.

އީސީން މެމްބަރަކު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުންނެެވެ. އޭނާ އިސްތިއުފާ ދެއްވީ އީސީގެ މުވައްފަޒުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށް އެ މައްސަލަ މަޖިލީހަށަ ހުށަހަޅާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް