ހުޅުމާލޭ ޖަލުގައި ކޯވިޑް ފެތުރުމުން ދަނީ ގައިދީންގެ މެދުގައި!

ހުޅުމާލޭ ޖަލުގައި އުފެދިފައިވާ ކޯވިޑް ކްލަސްޓާއިން މިހާތަނަށް 34 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. މި ކްލަސްޓާ އާއި ގުޅޭގޮތ...

08 Feb 2021 | 07:20

ހުޅުމާލޭ ޖަލުގައި އުފެދިފައިވާ ކޯވިޑް ކްލަސްޓާއިން މިހާތަނަށް 34 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މި ކްލަސްޓާ އާއި ގުޅޭގޮތުން އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ޖަލުގައި ކޯވިޑް ފެތުރެމުން ދަނީ ގައިދީންގެ މެދުގައި އެވެ. އެކަމަކު ޖަލުން ޕޮސިޓިވްވި މީހުންގެ އަދަދު ހާމަ ކުރިޔަސް ޕޮސިޓިވްވެފައިވާ ގައިދީންނާއި އޮފިސަރުންގެ އަދަދު ވަކިން އެ ސެންޓަރުން ހާމައެއް ނުކުރެ އެވެ.

އެޗްއީއޯސީން ބުނީ މިހާތަނަށް ޕޮސިޓީވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި އެ ޖަލުން 140 އަށްވުރެ ގިނަ މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 120 އަށްވުރެ ގިނަ މީހުންނަކީ އެ ޖަލުގައި ތިބި ގައިދީން ކަމަށާއި ޕޮސިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވަނީ 29 ޕްރިޒަން އޮފިސަރުން ކަމަށެވެ.

ހުޅުމާލޭ ޖަލުގައި ކޯވިޑް ކްލަސްޓާއެއް އުފެދުމާއި ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން އަދިވެސް ގެންދަނީ ކުރިޔަށް ގެންދަމުންނެވެ. އެ މަސައްކަތް ނިމެންދެން ހުޅުމާލޭ ޖަލު ވަނީ ލޮކްޑައުންކޮށްފައި އެވެ.

މިދިޔަ އަހަރު ފަހުކޮޅު އެޗްޕީއޭ އާއި ކަރެކްޝަންސް ގުޅިގެން ޖަލުތަކުގައި ކޯވިޑް ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގާފައިވެ އެވެ. އެކަމަކު އެފަހަރު ނެގި  ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް