މޯލްޑިވްސް ބްރޮޑްކާސްޓިންގް ކޮމިޓީއަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން، އެ ކޮމިޝަނަށް ބޭފުޅެއްގެ ނަންފުޅު ފާސްކޮއްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުވައިފިއެވެ.
މޯލްޑިވްސް ބްރޮޑްކާސްޓިންގް ކޮމިޓީގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަނު ކުރަން އިއުލާނު ކޮށްފައި މި ވަނީ، އެ ކޮމިޓީގެ މެމްބަރު އަލްފާޟިލާ ޒީނާ ޒާހިރު - އަތިރީގެ/ ގދ ގައްދޫ، 2020 އޮކްޓޯބަރ 28 ގައި އިސްތިއުފާ ދިނުމާ ގުޅިގެން އެކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ހުސްވެފައި ވާތީއެވެ. ބްރޮޑްކާސްޓިންގް ގާނޫނުގެ ދަށުން، މޯލްޑިވްސް ބްރޮޑްކާސްޓިންގް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި، އާއްމުކޮށް އިއުލާނުކިށް، އެކަމަށް އިޖާބަ ދިން ބޭފުޅުންގެ ނަންފުޅުތަކާއި، އެ މަގާމަށް އިސްކަން ދޭ ތަރުތީބު ރައީސްގެ ސިޓީ ފުޅާއެކު މަޖިލީހަށް ހުށަހަޅާފއި ވެއެވެ.
އެގޮތުން ނަންތަކުގެ އިސްކަން ދޭ ތަރުތީބުން މަޖިލީހަށް ހުށަހަޅައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން، އެ ކޮމިޝަނަށް ބޭފުޅެއްގެ ނަންފުޅު ފާސްކޮއްދެއްވުން އެދި 2020 ޑިސެމްބަރ 29 ގައި ރައީސް ވަނީ ސިޓީއެއް ފޮނުވާފައެވެ.
އެގޮތުން ލިސްޓުގެ ތަރުތީބުގައި ވަނީ:-
1. އަލްފާޟިލް މުހައްމަދު ފަޒީން- ހޭޒްލީން/ . ތުޅާދޫ
2. އަލްފާޟިލާ ޝިފްޒާ މުސްތަފާ- މާދަނޑު،އަާސާން / ޏ ފުވައްމުލައް
3. އަލްފާޟިލާ ޝިފާ ތައުފީޤް- ހ. ހާޖަރާގެ
4. އަލްފާޟިލް އަލީ މުހައްމަދު މަނިކު- ދަފްތަރު ނަންބަރު ރސ1851
5. އަލްފާޟިލް އަހުމަދު މޫސާ- ހ. އަމްސާވިލާ
6. އަލްފާޞިލް ޒުބޭރު އަހުމަދު މަނިކު- ގ.މަލްވިނަ
7. އަލްފާޟިލް ހަސަން ރަޝީދު- ފްލާވާގެ- ސ.މަރަދޫ
8. އަލްފާޟިލާ އައިޝަތު ހުސައިން މަނިކު- ހ.ރީނދޫކޮކާގެ
9. އަލްފާޞިލް މުހައްމަދު ޝާމިޙް- އިރުދޭމާގެ/ގދ.ގައްދޫ
10. އަލްފާޟިލް ހުސައިން އަމްރު- ވ.ރޯޝަން
11. އަލްފާޟިލާ އިމްރާނާ ބިންތު އަބްދުﷲ/ މ.ކަރޭޖް
މި މައްސަލަ ދިރާސާ ކުރުމަށް، މަޖިލީހުގެ ރައީސް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާނެ ކަމަށް ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް