އުރީދޫގެ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އިލްތިމާސް ކޮށްފި އެވެ.
އުރީދޫއިން ބުނީ އޮންލައިންކޮށް ހިދުމަތް ހޯދުމަށް އިސްކަން ދިނުމަށް ބާރު އަޅަނީ ކޯވިޑް-19 ގެ ހާލަތަށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެ ކުންފުނީގެ ދެ ޕްލެޓްފޯމަކުން އުރީދޫގެ ހުރިހާ ހިދުމަތްތަކެއް ކަސްޓަމަރުންނަށް އޮންލައިންކޮށް ލިބޭނެ އެވެ.
އެއީ އުރީދޫ މޯބައިލް އެޕްލިކޭޝަނާއި ޑިޖިޓަލް ސެންޓަރުތަކުންނެވެ.
އުރީދޫއިން ބުނީ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް 24 ގަޑިއިރު ބިލް ދެއްކުމާއި ރީޗާޖު ކުރުމާއި ކަސްޓަމާ ސާވިސް އޭޖެންޓުނާ ވާހަކަ ދެއްކުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި އުރީދޫ މޮބައިލް އެޕް މެދުވެރިކޮށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"ގައި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުން ވިޔަފާރި ކުރެވޭނެ އެވެ.
އޭގެ ތެރޭގައި ގޭސްފުޅި ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ ޑިޖިޓަލް ވޮލެޓު "އެމް ފައިސާ" މެދުވެރިކޮށް ގޭސްފުޅި އަށް ފައިސާ ދައްކައި އޯޑަރު ކުރެވޭނެ އެވެ.
އުރީދޫ ޑިޖިޓަލް ސެންޓަރުން 24 ގަޑިއިރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިޕެއިޑް ސިމް ކާޑާއި ބިލް ދެއްކުމާއި ރީޗާޖު ކުރުމުގެ އިތުރުން އެމް ފައިސާ އަށް ކޭޝް ކުރެވޭނެ އެވެ.
އުރީދޫ ޑިޖިޓަލް ސެންޓަރު އަދި ހުޅުވާފައިވަނީ މާލެ، ހުޅުމާލެ ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ އާއި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި އެވެ.
ކޯވިޑް-19ގެ ހާލަތު އައްޑޫ ސިޓީގައި ގޯސްވަމުން އަންނާތީ ހިތަދޫ އެކްސްޕީރިއެންސް ސެންޓަރު ހުޅުވާފައި ހުންނަ ގަޑިތަކަށްވެސް އުރީދޫއިން ވަނީ ބަދަލު ގެނެސްފައި އެވެ. އެގޮތުން މިހާރު އެތަން ހުޅުވާފައި ހުންނާނީ ހެނދުނު 10:00 ން 12:00 އަށް އަދި މެންދރުރު 2:00ން ހަވީރު 4:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް