ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 52 މީހުން ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 34 މީހުންނަކީ ރިސޯޓުތަކުން ޕޮސިޓިވްވި މީހުން ކަމަށެވެ. މާލެއިން 11 މީހުން ޕޮސިޓިވްވި އިރު އަތޮޅު ތެރެއިން ހަ މީހުން އަދި ސަފާރީތަކުން އެކަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެެރެއިން 32 މީހުންނަކީ ބިޔާދޫ އައިލެންޑް ރިސޯޓުން ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި އެ ހުރިހާ އެންމެނަކީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށް ބުންޏެވެ.
އެ އެންމެން ތިބީ އެ ރިސޯޓުގައި އައިސޮލޭޓުކޮށްފައި އެވެ. އެ ރިސޯޓުގައި އަދިވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު ރިސޯޓު އޮތީ މޮނިޓަރިންގައި އެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 2.568 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 705 މީހުންނަށެވެ. އޭގެ ތެރެއިން 41 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،279 އަށް އަރާފައި އެވެ.މި ބަލީގައި މަރުވެފައިވަނީ 49 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 14،040 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް