ރައްކާ ރޯޑް ސޭފްޓީ ރަން 800 އަށްވުރެ ގިނަ މީހުންނާއެކު ފަށައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ހިމެނޭ ފުރަތަމަ ހަރަކާތް، ރައްކާ ރޯޑް ސޭފްޓީ ރަން ފަށާފައިވަނީ ހުޅުމާލޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާނު ޔޫސުފް ވިދާޅުވީ ރާއްޖޭގެ މަގުތަކަކީ ވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ މަގުތައް ކަމަށާއި ނަމަވެސް މިގޮތަށް ކުރާ މަސައްކަތުގެ ނަތީޖާވެސް ރަނގަޅުކަމަށެވެ.
"މިދިޔަ އަހަރަށް ބަލައިލިޔަސް މާލެ ސަރަހައްދުގައި ހާހެއްގައި އެކްސިޑެންޓު ހިނގާފައިވޭ. އޭގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ވެސް ހިމެނޭ. މަގުމަތިން ފުލުހުން ހުއްޓުވާ ކޮންމެ ތިންމީހުންގެ ތެރެއިން އެކަކީ ޓްރެފިކް ގަވާއިދާ ޚިލާފުވާ މީހެއް. މިއީ ވަރަށް ކަންބޮޑުވާ ދަރަޖައެއްގައި އޮތް ކަމެއް.: މަންނާނު ވިދާޅުވި އެވެ.
މަންނާނު ވަނީ މަސައްކަތުގައި އެލައިޑް އިންޝުއަރެންސް ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ، ބައިވެރިވުމުގެ މުއްދަތު ހަމަވި އިރު، 850 މީހުންވަނީ ބައިވެރިވެފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގައި މި ދުވުން ކުރިއަށްދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް