ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު އަންދާލުން ނޫން ގޮތެއް ނެތް: ހެލްތު މިނިސްޓަރ

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލުމަށްޓަކައި ގަބުރު އަންދާލުން ނޫން އެހެން ގޮތެއް ނެތް ކަމަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޕަވިތުރާ ވިދާޅުވެއްޖެ އެވެ. އޭނާ މިކަން ހާމަ ކުރެއްވ...

08 Jan 2021 | 10:36

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލުމަށްޓަކައި ގަބުރު އަންދާލުން ނޫން އެހެން ގޮތެއް ނެތް ކަމަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޕަވިތުރާ ވިދާޅުވެއްޖެ އެވެ.

އޭނާ މިކަން ހާމަ ކުރެއްވީ، ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުވެސް އަންދައިގެން ނައްތާލާ މައްސަލާގައި އެހެން ގޮތެއް ހޯދާ ދިނުމަށް އެދި ލަންކާގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން، ޚާއްސަ ކޮމިޓީއަކުން އެ ކަން ބެލުމަށްފަހު، އެ ކޮމިޓީގެ ނިންމުން، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔާން ކޮށްދެއްވަމުން ނެވެ.

ވަޒީރު ވަނީ، މިކަމުގައި ދީނީ އަދި އެހެންވެސް ސަބަބަކާ ހެދި އިސްތިސްނާއެއް ދެވޭނެ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ލަންކާގައި ކޮވިޑް ޖެހިގެމް މަރުވާ މުސްލިމުންގެ ހަށިތައް ވެސް އަންދާ މައްސަލަ ފެންމަތިވެ، އެކަމާ އަންނަނީ ނުރުހުން ފާޅު ކުރަމުން ނެވެ. އަދި އެ ހަށިތައް ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ކުރިން ވަނީ ވާހަކަ ދެކެވިފަ އެވެ.

އެހެންނަމަވެސް އެކަމުގައި ދެ ގައުމުގެ ޚިޔާލު ވަނީ ތަފާތުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް