މައިލީ ސައިރިސް އޭނާގެ ބެސްޓްފްރެންޑް މަރުވުމުން ހިތާމަކުރަނީ

މައިލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެމް.ޖޭ މަރުވުމުގެ ހިތާމަކުރާ ވާހަކަ އަންގާފައިވަނީ އޭނާގެ ސޯޝަލް މީޑިއާގައެވެ. އެމް.ޖޭ އަކީ މައިލީ ޕެޓް އެއްގެ ގޮތުގައި ގެންގުޅޭ އޭނާގެ އެންމެ ގާތް ކުއްތާއެވެ. މަ...

08 Jan 2021 | 09:48

މައިލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެމް.ޖޭ މަރުވުމުގެ ހިތާމަކުރާ ވާހަކަ އަންގާފައިވަނީ އޭނާގެ ސޯޝަލް މީޑިއާގައެވެ.

އެމް.ޖޭ އަކީ މައިލީ ޕެޓް އެއްގެ ގޮތުގައި ގެންގުޅޭ އޭނާގެ އެންމެ ގާތް ކުއްތާއެވެ.

މައިލީ ބުނެފައިވަނީ އެމް.ޖޭ ވަނީ އޭނާއަށް ދިމާވާ ހުރިހާ ހިތާމަ ތަކެއްގައި ބައިވެރިވެފައެވެ. އަދި މިއަދު އެމް.ޖޭ ނެތުމުން ވަރަށް ހިތާމަކުރާކަމަށާއި އަދި އެކަނިވެރިކަން އިޙުޞާސްވާ ކަމަށެވެ.

28 ލަވަކިޔުންތެރިޔާ މައިލި އެންމެ ފުރަތަމަ އެމް.ޖޭ އެޑޮޕްޓްކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. އެއީ ލިއަމް އާއެކު މައިލީ ދިރިއުޅެމުން އައިސް އެމީހުންގެ ކައިވެނިވެ އަދި ވަރިއާ ހަމައަށް އަންނަންދެންވެސް އެމް.ޖޭ އަކީ މައިލީގެ އެންމެ ގާތް އެކުވެރިޔާއެވެ.

އެމް.ޖޭ މަރުވެފައިވަނީ ކެންސަރާ ހަނގުރާމަކުރާތާ އަހަރަކަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް