އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުން: ޚުތުބާ

އިސްލާމީ ރިސާލަތު ފެށުނީ ވެސް ކިޔެވުމަށް ކުރެއްވި އަމުރުފުޅުން ކަމަށާއި މާތްﷲގެ މި އަމުރު ފުޅާ އެއްގޮތަށް މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަޞައްލަމް އިސްލާމީ މުޖުތަމައުގައި ތައުލީމް ފެތުރުއް ވުމަށާއި މ...

08 Jan 2021 | 09:33

އިސްލާމީ ރިސާލަތު ފެށުނީ ވެސް ކިޔެވުމަށް ކުރެއްވި އަމުރުފުޅުން ކަމަށާއި މާތްﷲގެ މި އަމުރު ފުޅާ އެއްގޮތަށް މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަޞައްލަމް އިސްލާމީ މުޖުތަމައުގައި ތައުލީމް ފެތުރުއް ވުމަށާއި މުސްލިމުންގެ ދަރިންނަށް ކިޔަވައިދިނުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ހޭލުންތެރި، އިލްމުވެރި، އުފެންދުންތެރި އުއްމަތެއް ވުޖޫދަށް އައި ކަމަށެވެ.

މިއަދުގެ ޚުތުބާގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް މުހިންމު މެސެޖުތަކެއް ދީފައިވާ އިރު، މިފެށޭ ޓާމުގައި އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ އަޒުމު ކަނޑައެޅުމަށް ވަނީ ގޮވާލާފަ އެވެ. އަދި އިތުރު ހަރަކާތްތަކުން ކުދިންގެ މުޅި މާހައުލަށް ދިރުން ގެނެސްދިނުމަށް ވެސް އެދިފައި ވެއެވެ.

މީގެ އިތުރުން ޢަމަލީ މައިދާނަށް ނުކުމެ ފޮނި ނަތީޖާއެއް ނެރުމަށްޓަކައި މަދަރުސާއާ އެއްބާރުލުން ދިނުމަށާއި މުދައްރިސުންނަށް ޤަދަރާއި އިހްތިރާމް ކުރުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

"ދަރިން ތަރުބިއްޔަތުކޮށް، އިސްލާމްދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު. އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެދުރުން މަސްއޫލިއްޔަތު އަދާކުރައްވައިގެން." ޚުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް