މުދާ އުފުލާ ދޯންޏެއް ގިރިއަކަށް އުރި ފަޅުވެރިން ކަނޑުވެއްޖެ

މުދާ އަރުވައިގެން މާލެއިން ރ މީދުއަށް ދަތުރުކުރި ދޯންޏެއް ގިރިއަކަށް އުރި އޭގެ ފަޅުވެރިން ކަނޑުވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ ތިން މީހުންނާއެކު މީދުއަށް ދަތުރުކުރި ދޯންޏެއް މިއަދު މެންދުރު 01:03 ހާ...

08 Jan 2021 | 09:29

މުދާ އަރުވައިގެން މާލެއިން ރ މީދުއަށް ދަތުރުކުރި ދޯންޏެއް ގިރިއަކަށް އުރި އޭގެ ފަޅުވެރިން ކަނޑުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ތިން މީހުންނާއެކު މީދުއަށް ދަތުރުކުރި ދޯންޏެއް މިއަދު މެންދުރު 01:03 ހާއިރު ރ. ފިލާދޫ ކައިރިން ގިރިއަކަށް އުރި ދޯޏީގެ ބޮޑުބައެއް އަޑިއަށްގޮސް ކަނޑުވެފައިވަނިކޮށް ފުލުހުން ވަނީ އެމީހުން ސަލާމަތްކޮށްފައި ކަމަށެވެ.

މީދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން، ކަނޑުވި މީހުން ސަލާމަތްކޮށްފައިވާއިރު އެ ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް