މިއަދު 100 އަށް ވުރެ ގިނަ މީހުން ކޯވިޑުން ރަނގަޅުވެއްޖެ، ޕޮސިޓިވްވީ 15 މީހުން

މިއަދު ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވީ 15 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ ޕޮސިޓިވްވި މީހުންގެ ތެރެއިން 14 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހ...

07 Dec 2020 | 17:24

މިއަދު ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވީ 15 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ޕޮސިޓިވްވި މީހުންގެ ތެރެއިން 14 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުން ކަމަށެވެ. އަނެއް މިހާ އަކީ އޮޕަރޭޓް ކުރާ ރިސޯޓަކުން ޕޮސިޓިވްވި މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،731 ސާމްޕަލެވެ.

މިހާރު ބާއްޔަށް ފަރުވާދެމުން ދަނީ 722 މީހުންނަށެވެ. އޭގެ ތެރެއިން 70 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މިއަދު ކޯވިޑް-19 އިން 116 މީހަކު ރަނގަޅުވެފައި އެވެ މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 12،47 އަށް އަރާފައި އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 13،213 މީހުންނެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 47 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް