ދިރިއުޅުމުގައި ބިޒީކޮށް އުޅޭ މީހުންނަށް އެންމެ ފަސޭހައިން ކާލެވޭ އެންމެ އާންމު އެއްޗަކީ ނޫޑްލްސް އެވެ. އިންސްޓަންޓް ނޫޑްލްސްގެ އެކި ބާވަތްތައް މިހާރު ފަސޭހަކަމާ އެކު ލިބެން ހުރުމުން، ނޫޑްލްސްއަކީ ދިވެހިންގެ ތެރޭ ވަރަށް އާންމު އެއްޗަކަށް ވަނީ ވެފައެވެ.
ސަބަބަކީ އެއީ އަވަހަށް އަަދި ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗަކަށްވާތީ އެވެ. އަނެއްކޮޅުން ނޫޑްލްސްއަކީ ކާލަން މީރު ލުއި އެއްޗެކެވެ.
ކަން މިހެން ހުރި ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނޫޑްލްސް ކިތަންމެ މީރަސް އެއީ ސިއްހީ ގޮތުން ރައްކާތެރި އެއްޗެއް ނޫނެވެ. ސިއްހީ ތަޖުރިބާކާރު އަންނަނީ އޭގެ ނުރަނގަޅުކަން ހާމަކޮށްދެމުންނެވެ. އެހެންކަމުން ނޫޑްލްސް ކެއުމަކީ އެއްގޮތަކަށް ވެސް ތައްކާތެރި ކަމެއް ނޫނެވެ.
ވީމާ އިންސްޓަންޓް ނޫޑްލްސްގެ ބާވަތްތަކާއި ވީހާ ވެސް ބޮޑަށް ދުރުވާށެވެ. އެހެން ނޫނީ ބައެއް ކަހަލަ ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުން ނޫޑްލްސްގައި ވަރަށް މަތީ މިންވަރަކަށް ސޯޑިއަމް އެކުލެވިގެންވެއެވެ. އަދި އެއީ ލޭގެ ޕްރެޝަރު މަތިކުރުވާނެ އެއްޗެއް ކަމަށެވެ. އެގޮތުން ނޫޑްލްސްއަކީ އެންމެ މަތީ މިންވަރަކަށް ސޯޑިއަމް އެކުލެވިގެންވާ ކާނާގެ އެއް ބާވަތެވެ. އެހެންވެ ލޭގެ މައްސަލަ ހުންނަ މީހުން ވަކިން ބޮޑަށް ނޫޑްސްލް އާ ދުރުވާން ޖެހެ އެވެ.
އާންމުކޮށް ނޫޑްލްސް ކައި އުޅޭ މީހުންގެ ފަރާތުން ފެންނާނެ އެއް އަލާމާތެއްގެ ގޮތުގައި އެ މީހުންގެ ފައިތިލަ އާންމުކޮށް ފުފިފައި ހުރުން ފާހަގަ ކުރެވޭނެ އެވެ. މީގެ އިތުރުން އިންސްޓަންޓް ނޫޑްލްސް ކާ ނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި ހަކުރުގެ މައްސަލަ ވެސް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުން އަންހެނުން މާބަނޑު ދުވަސްވަރު ނޫޑްލްސް ކެއުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން، ހަށިގަނޑަށް ލިބޭ ގެއްލުމަކުން ދަރިފުޅު ބައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ސިއްހީ ތަޖުރިބާކާރުން ބުނަނީ މާބަނޑު ދުވަސްވަރު އެއްގޮތަކަށް ވެސް ނޫޑްލްސް ނުކާށޭ އެވެ.
ނޫޑްލްސްއަކީ އެއްވެސް ވަރަކަށް ފައިބަ އެކުލެވިގެންވާ އެއްޗެއް ނޫނެވެ. ނަތީޖާއަކީ ހަޖަމު ކުރުމުގެ މައްސަލަތައް ދިމާވެ، ބޮޑުކަމުދިއުން ފަދަ ކަންކަމަށް ދަތިވުމެވެ.
މޮނޮސޯޑިއަމް ގުލަޓަމޭޓް ނުވަތަ އެމްއެސްޖީއަކީ ނޫޑްލްސް އަށް ތަފާތު ރަހަތައް ގެނެސްދޭން ބޭނުންކޮށްފައި ހުންނަ ބާވަތެކެވެ. އެހެން ނަމަވެސް މިއީ ރައްކާތެރި އެއްޗެއް ނޫނެވެ.
ހާއްޞަކޮށް ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށާއި އެލާޖިކްވާ މީހުން ނޫޑްލްސް ކާ ނަމަ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާނެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ނޫޑްލްސް އާދަކޮށް ކާން ދޭ ނަމަ ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް