ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހުތައް ފާސްކޮށްފި

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހު ތައް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މި ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދެވެ...

07 Dec 2020 | 14:58

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހު ތައް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދެވެ. ޖީހާން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އެގާނޫނުގެ ބައެއް މާއްދާތައް އުނިކޮށް އެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށް ހުށަހަޅާފައިވެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސް ކުރީ 56 މެމްބަރުންގެ ތާއީދާއި އެކު އެވެ.

މި ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ދީފައިވެ އެވެ.

އަދި ބަންދުގެ މުއްދަތު އިތުރު ކުރާއިރު ހަމަ ގޭ ބަންދު ކުރުމަށް އަމުރު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް