އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރުގެ އިންކަމް ސަޕޯޓު އެލަވަންސަށް އެދެން ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދޫކުރަމުންދާ އިންކަމް ސަޕޯޓު އެލަވަންސްގެ ތިން ވަނަ ބުރަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިންކަމް ސަޕޯޓު އެލަވަންސް...

07 Dec 2020 | 14:43

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދޫކުރަމުންދާ އިންކަމް ސަޕޯޓު އެލަވަންސްގެ ތިން ވަނަ ބުރަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންކަމް ސަޕޯޓު އެލަވަންސް ފުރަތަމަ ދީފައިވަނީ މިއަހަރުގެ މާޗް މަހުން ފެށިގެން ޖޫންގެ ނިޔަލަށް ވަޒީފާއަށް އަސަރު ކުރި މީހުންނަށެވެ. ދެ ވަނަ ބުރުގައި އެލަވަންސް ދީފައިވަނީ ޖުލައި، އޮގަސްޓު އަދި ސެޕްޓެމްބަރުގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މި ޕްރޮގްރާމްގެ ތިން ވަނަ ބުރުގެ ދަށުން އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ކޯވިޑާއި ގުޅިގެން ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުން އެލަވަންސަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ތިން މަހު އެލަވަންސް ދޫކުރާނީ ޖޮބް ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ އިންކަމް ސަޕޯޓު އެލަވަންސަށް އެދުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. މި ހިނގާ ޑިސެމްބަރު މަހުގެ އެލަވަންސަށް އެދުމުގެ ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 10-31 އެވެ.

މީގެ އިތުރުން މިދިޔަ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު ލިޔެކިޔުން ހުށަހެޅުމަށް ދީފައިވާ މުއްދަތު މި މަހުގެ 12 ވަނަ ދުވަހު ހަމަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އެ ލިޔެކިޔުންތައް ޖޮބް ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބުނެ އެވެ.

އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދެނީ 5،000 ރުފިޔާ އެވެ. 5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ 5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް