އޮކްސިޖަން ލިބުން ލަސްވެ، ޕާކިސްތާނުން 6 މީހަކު މަރުވެއްޖެ

ޕާކިސްތާނުގައި ކޮވިޑް-19 ޖެހިފައިވާ ހަ މީހަކަށް އޮކްސިޖަން ލިބުން ލަސްވުމާ ގުޅިގެން މަރުވެއްޖެ އެވެ. ޕާކިސްތާނުގެ ހުޅަނގު އުތުރުގައިވާ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 6މީހަކު މަރުވ...

07 Dec 2020 | 14:18

ޕާކިސްތާނުގައި ކޮވިޑް-19 ޖެހިފައިވާ ހަ މީހަކަށް އޮކްސިޖަން ލިބުން ލަސްވުމާ ގުޅިގެން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރުގައިވާ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 6މީހަކު މަރުވެފައި މިވަނީ އެ ގައުމުގައި މި ކޮވިޑް ޖެހޭ މީހުން ގެ އަދަދު އިތުރުވެ، ދެވަނަ ރާޅަކާ ހަނގުރާމަކުރަން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލުގައި ތިބި 200 އެއްހާ މީހުންގެ ތެރެއިން ކޮވިޑް-19 ޖެހިފައިވާ 100 އެއްހާ މީހުންނަށް އޮކްސިޖަން ނުލިބި ފަރުވާ މަޑުޖައްސާލަން ޖެހުން ކަމަށެވެ.

ޕްރޮވިންޝަލް ހެލްތް މިނިސްޓަރ ތައިމުރް ސަލީމް ވިދާޅުވީ މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ އެ ހޮސްޕިޓަލަށް އޮކްސިޖަން ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށެވެ. އަދި މި މައްސަލައިގެ އެންމެ ފުނަށް ފީނާ، މައްސަލަ ދިމާވާން މެދުވެރި ވި ސަބަބާ މިކަމުގައި ޒިންމާވާން ތިބި އެންމެހާ ފަރާތްތަކާއި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ބެލުމަށްމަހު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ސްޕޯކްސްމެން ފަރްހާދް ޚާން ވިދާޅުވެފައިވަނީ އޮކްސިޖަން ސަޕްލައި ކުރީ ޕްރައިވެޓް ފަރާތަކުން ކަމަށެވެ. އަދި އެ މީހުންނަށް އެ ހޮސްޕިޓަލުން އެދިފައިވާ ވަގުތަށް، ބުނެފައިވާ މިންވަރަށް އޮކްސިޖަން ފުޅިތައް ގެނަސްދެވިފައި ނުވާކަމަށްވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް