މޫލީ އިޔާ އެންޑް ކާނިވަލް، ބޮޑެތި ޑިސްކައުންޓްތަކާއެކު ހުޅުވާލައިފި

އީކޮމާސް ޕްލެޓްފޯރމް މޫލީ އިން އަހަރީ ބަންދާ ގުޅިގެން "މޫލީ އިޔާ އެންޑް ކާނިވަލް 2020" ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް މޫލީ ޕްލެޓްފޯރމްގައި ހުޅުވާލައިފިއެވެ. ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، ...

07 Dec 2020 | 13:55

އީކޮމާސް ޕްލެޓްފޯރމް މޫލީ އިން އަހަރީ ބަންދާ ގުޅިގެން "މޫލީ އިޔާ އެންޑް ކާނިވަލް 2020" ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް މޫލީ ޕްލެޓްފޯރމްގައި ހުޅުވާލައިފިއެވެ.

ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، މޫލީގެ އިޔާ އެންޑް ކާނިވަލުން އެ ޕްލެޓްފޯރމްގައި ތަކެތި ވިއްކާ 10 ފަރާތެއްގެ ޕްރޮޑަކްޓްސްއިން %50 އާއި ހަމަ އަށް ޑިސްކައުންޓް، ވިޔަފާރި ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެއެވެ. ޑިސްކައުންޓްގެ އިތުރުން  ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި ކާނިވަލުގެ މުއްދަތުގައި ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން، ނަސީބުވެރި ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެއެވެ.

މޫލީ އިޔާ އެންޑް ކާނިވަލް އަށް ޚާއްޞަ ސެކްޝަންއެއް އީ ކޮމާރސް ޕްލެޓްފޯމް ގައި ހުޅުވި، އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މާލޭގެ ކޮންމެ ހިސާބަކަށް ޑެލިވަރ ކޮށްދެވޭނެއެވެ. ސްމާޓް ފޯން އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ޚާއްޞަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މޫލީ އިޔާ އެންޑް ކާނިވަލްއިން ލިބިވަޑައިގަންނަވާނެއެވެ.

މޫލީ އިޔާ އެންޑް ކާނިވަލުން ބައްލަވައިގަތުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
  2. ބޭނުންވާ ޕްރޮޑަކްޓްއެއް ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ
  3. ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ
  4. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި މުޅި ކާނިވަލުން ވިޔަފާރި ކުރައްވާ ފަރާތްތަކުން ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމު ހޯދުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.  ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމު މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 13 ބްރޭންޑްއަކުން ވަނީ ހުށައަޅުއްވާފައެވެ.

އޭގެ ތެރޭގައި ކުއިކަރ ބިޒް، އައި.ޓީ ވޯރލްޑް، ބްރޭންޑްލޫމް، ލިންކްސާރވް، ފޯމެކްސް އަދި އެހެންވެސް ބްރޭންޑްތައް ހިމެނެއެވެ.

މި ކާނިވަލް އަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރިކޮށްލެވޭނެއެވެ. މީގެ އިތުރުން ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ކޮންމެވެސް އެއް ޕްރޮޑަކްޓްއަކާއި އެކު އަގުހުރި އިނާމެއް  ލިބިގެންދާނެއެވެ.  އިނާމު ހިމަނާފައިވާ ޕްރޮޑަކްޓްއެއްގެ ގޮތުގައި، ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ކެޓަގަރީއެއްގެ ޕްރޮޑަކްޓްއެއްގެ އަގުގެ ތިރީގައި "ފްރީ ގިފްޓް އިންކްލޫޑަޑް" ޖަހާފައިވާނެއެވެ.

މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް