ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ލޭބަރ އެކޮމޮޑޭޝަން ފެސިލިޓީ ހުޅުވާ ޚިދުމަތް ދޭން ފަށައިފި އެވެ.
ހުޅުމާލެ ފޭސް 2 ގައި ބިދޭސީންނަށް ޚާއްސަކޮށް ހަދާފައިވާ އެކޮމޮޑޭޝަން ފެސިލިޓީއަކީ ޖާގައިގެ ގޮތުން ތަނަވަސް، އެއްފަހަރާ 1500 މީހުންނަށް ތިބެވޭގޮތަށް ހަދާފައިވާތަނެކެވެ. އަދި މިތަނަކީ ވިޔަފާރީގެ އުސޫލުން އާރުޑިސީން ހިންގަމުންދާ ތަނެކެވެ.
އެގޮތުން މިފެސިލިޓިގައި ދެއިރުގެ ކެއުމާއި ތިންއިރުގެ ކެއުން ހިމެނޭ 2 ޕެކޭޖެއް ހިމެނޭ އިރު، އެކޮމޮޑޭޝަން ފެސިލިޓީގައި ކެއުމަށް ވަކިން ޚާއްސަކޮށް މެސްރޫމްއަކާއި އެއްޗެހި ދޮވެވޭގޮތަށް ވަނީ ހަދާފައެވެ. އަދި ތަނުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަމުން ގެންދާނެ އެވެ.
އާރުޑީސީއިން ލޭބަރ އެކޮމޮޑޭޝަން ފެސިލިޓީއެއް ހެދުމުގެ މަގުސަދަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ޖެހޭ އިޖުތިމާއީ މައްސަލަތަކާއި ސިއްހީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމެވެ. އެހެންކަމުން މިފެސިލިޓީގެ ސަބަބުން ބިދޭސީންގެ މިމައްސަލަތަކަށް ހައްލުލިބިގެން ދާނެ އެވެ.
މީގެއިތުރުން ކުރިއަށް އޮތްތަނުގައި މިމަސައްކަތް އިތުރަށް ފުޅާކޮށް މިއަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުން ނެވެ. އަދި މިފެސިލިޓީ އިތުރަށް ތަރައްގީކޮށް އެކި ފަންތީގެ އެކޮމޮޑޭޝަން ކުރިއަށް އޮތް ތަނުގައި މާކެޓަށް ހުޅުވާލުމަށްވެސް ގެންދަނީ މަސައްކަތް ކުރަމުން ނެވެ.
މިވަގުތުވެސް މިއެކޮމޮޑޭޝަން ފެސިލިޓީގައި ބިދޭސީން ބަލަހައްޓަމުންގެންދެ އެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ހިންގަމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމުގެ ދަށުން ޓްރާންސިޓް ފެސިލިޓިއެއްގެ ގޮތުގައި އާރުޑީސީގެ އެކޮމޮޑެޝަން ފެސިލިޓީ އަންނަނީ ބޭނުން ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް