ޒިޔަތު 11 އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)  ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު 11 އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފި އެވެ. ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެނ...

07 Dec 2020 | 08:57

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)  ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު 11 އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފި އެވެ.

ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ގެ ޚިޔާނާތާއި ގުޅިގެން އޭނާގެ މައްޗަށް 32 ދައުވާ އެއް އުފުލާފައި ވެއެވެ.

އެދައުވާ ތަކަށް އޭނާ ވަނީ އެއްބަސްވެ ސަރުކާރާއި އެކު އެއްބަސް ވުމެއް ހަދާފައެވެ. އެހެން ކަމުން ޕީޖީއިން ވަނީ އޭނާގެ މައްޗަށް 11 އަހަރުގެ ކުޑަ ހުކުމެއް އިއްވުމަށް މައްސަލަ ބައްލަވާ ގާޒީ އަށް ދަންނަވާފައެވެ. ޒިޔަތުގެ މައްޗަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުވި އިރު އޭނާ ވަނީ 781 މިލިއަން ރުފިޔާ އިން ހިޔާނާތްތެރި ވެފައެވެ.

ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް

1 ވަނަ ދައުވާ – 5 އަހަރާއި 7 މަސް

2 ވަނަ ދައުވާ – 3 އަހަރާއި 2 މަހާއި 12 ދުވަސް

3 ވަނަ ދައުވާ – 1 އަހަރާއި 7 މަސް

4 ވަނަ ދައުވާ – 9 މަހާއި 18 ދުވަސް

5 ވަނަ ދައުވާ – 4 މަހާއި 24 ދުވަސް

6 ވަނަ ދައުވާ – 2 މަހާއި 12 ދުވަސް

7 ވަނަ ދައުވާ – 1 މަހާއި 06 ދުވަސް

8 ވަނަ ދައުވާ – 18 ދުވަސް

9 ވަނަ ދައުވާ – 09 ދުވަސް

10 ވަނަ ދައުވާ – 04 ދުވަސް

11 ވަނަ ދައުވާ – 02 ދުވަސް

12 ވަނަ ދައުވާ – 01 ދުވަސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް