މަލީހު ވަކިކޮށްދިނުމަށް އެދި އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސަށް ސިޓީ ފޮނުވައިފި

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުކޮށް ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ސިޓީ ފޮނުވައިފި އެވެ. މިކަން ހާމަކުރެއްވީ މިއ...

07 Dec 2020 | 08:31

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުކޮށް ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ސިޓީ ފޮނުވައިފި އެވެ.

މިކަން ހާމަކުރެއްވީ މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ޕާޓިގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެެމްބަރު އަލީ އާޒިމް އެވެ. އޭނާ ވިދާޅުވީ މިއަދު ކުރިޔަށް ދަނީ މި ދަރުގެ އެންމެ ފަހު ޖަލްސާއަށް ކަމަށްވާތީ އަންނަ އަހަރުގެ ފުރަތަމަ ދައުރު ފެށެންވާއިރަށް ރައީސް މިކަމާއި މެދު ގޮތެއް ނިންމަވައި އަންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މި މައްސަލައިގަ ރައީސް ގޮތެއް ނިންމެވުމަށް އެމްޑީޕީ ޕީޖީން އެދުނީ އެމްޑީޕީގެ ފުރިހަމަ ބާރު ސަރުކާރުގައި ނެތަސް ވެރިކަމުގައި ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށްވާތީ ގޮތް ކަނޑައެޅުމުގައި ރައީސްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުގެ ތެރެއިން ނަގާށެވެ. އެކަމުގެ އިންޒާރު މީގެ ކުރިން އެމްޑީޕީގެ މެމްބަރުން ދީފައިވެ އެވެ.

މަލީހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފެށީ އިންޓަނެޓް އަގު ހެޔޮ ނުކުރުމާއި އެ މިނިސްޓްރީން ހަދަން ޖެހޭ މުހިންމު ގަވައިދުތަކެއް މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް ނަހަދާ ކަމަށް ބުނެ އެވެ.

މަލީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް