މޯލްޑިވިއަން އިން އަންނަ މަހު ކޮޗިންއަށް ހާއްސަ ދަތުރުތަކެއް ބާއްވަނީ

ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ. މި ދަތުުތައް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އެކެއް، ދޭއް، ތިނެއް އަދި...

07 Dec 2020 | 06:07

ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މި ދަތުުތައް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އެކެއް، ދޭއް، ތިނެއް އަދި ހަތަރު ވަނަ ދުވަހު އެވެ. މޯލްޑިވިއަން އިން ބުނީ މިދަތުރު ތަކުގައި ފެއާގައި އެއްކޮޅު ޓިކެޓު 126 ޑޮލަރަށް ލިބޭނެ ކަމަށެވެ.

މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު މޯލްޑިވިއަން އަށް ގުޅައިގެން ހޯދުމަށް އެދެ އެވެ. މި ދަތުރުތައް އޮންނާނީ މާލެއިން ކޮޗިން އަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު މޯލްޑިވިއަން އިން ވަނީ ކޮޗިން އިން މާލެ އަށް ދަތުތުތަކެއް ބާއްވާފައި އެވެ.

މޯލްޑިވިއަންއިން ކޯވިޑް-19 ގެ ކުރިން އިންޑިއާގެ ތިން ސިޓީއަކަށް ޝެޑިއުލް ދަތުރުތައް ކުރި އެވެ. އެއީ ކޮޗިން، ޓްރިވެންޑްރަމް އަދި ޗެންނާއީ އެވެ.

އިންޑިއާއިން ބައިނަލް އަގުވާމީ ވައިގެ ދަތުރަށް އެ ގައުމުގެ ބޯޑަރު ހުޅުވާނުލާތީ އެ ސިޓީތަކަށް ޝެޑިއުލް ދަތުރުތައް ނުފެށި ނަމަވެސް މޯލްޑިވިއަން އިން ދަނީ ބަލި މީހުން އުފުލުމަށް ކޮޗިންއަށް ފްލައިޓުތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް