"ވަރަ" އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލްތަކުން ފަރުކޮޅުފުށި ވެޑިންގ ވެނިއު އަކާއި ކުޑަގިރި ދަތުރެއް ލިބުމުގެ ފުރުޞަތު

'ވަރަ' އެކްސްޕޯގެ ނަމުގައި މިއަދު ފަށާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގައި، ކެރިއަރ ގައިޑެންސް ދިނުމަށް އެޗްޑީސީން ގިނަ ސްޓޯލްތަކެއް ބަހައްޓަން ވަނީ ނިންމާފައެވެ. އިއްޔެއިން ފެށިގެން އަންނަ ...

07 Nov 2025 | 13:59
ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ފެށިގެންދިޔަ "ވަރަ" އެކްސްޕޯ ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ފެށިގެންދިޔަ "ވަރަ" އެކްސްޕޯ ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

'ވަރަ' އެކްސްޕޯގެ ނަމުގައި މިއަދު ފަށާ

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގައި، ކެރިއަރ ގައިޑެންސް ދިނުމަށް އެޗްޑީސީން

ގިނަ ސްޓޯލްތަކެއް ބަހައްޓަން ވަނީ ނިންމާފައެވެ.

އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް

ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު

10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ

ފަރާތުން ޖުމްލަ ނުވަ ސްޓޯލެއް ބަހައްޓާނެކަމަށް އެޗްޑީސީއިން ބުނެއެވެ. އޭގެ ތެރޭގައި

ކެރިއާ ގައިޑެންސް ދިނުމާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެކި ކަހަލަ ގޭމްތައްވެސް

ހިމެނެއެވެ. އަދި، އެއާއެކު އެކްސްޕޯއަށް ޒިޔާރާތްކޮށް، އެޗްޑީސީގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން

ފަރުކޮޅުފުށި ވެޑިންގ ވެނިއުއެއް އަދި ކުޑަގިރި ދަތުރެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތްކަމުގައިވެސް

އެޗްޑީސީއިން ބުނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން

ކުރިއަށްގެންދާ މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި

ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ

ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނަށް ކެރިއާ

ގައިޑެންސް ދިނުމަށް އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައްފަދަ ގިނަ ހަރަކާތްތަކެއް

އަބަދުވެސް ކުރިއަށްގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް