ކާސަލް ޗެސް ކްލަބުން ގައުމީ ކްލަބް ޗެސް ޗެމްޕިއަންޝިޕު 2025 ގެ ތަށި ހޯދައިފި

ހުޅުމާލެ ޗެސް އާކޭޑްގައި އޮކްޓޯބަރު 27 އިން ފެށިގެން މިދިޔަ އަންގާ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ، ނުވަ ރައުންޑުގެ މުބާރާތަކަށް ފަހު، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، [ކާސަލް ޗެސް ކްލަބް އެންޑް...

07 Nov 2025 | 13:48
ކާސަލް ޗެސް ކްލަބް -

ކާސަލް ޗެސް ކްލަބް -

ހުޅުމާލެ ޗެސް އާކޭޑްގައި އޮކްޓޯބަރު 27 އިން

ފެށިގެން މިދިޔަ އަންގާ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ، ނުވަ ރައުންޑުގެ މުބާރާތަކަށް

ފަހު، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، [ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީން]

ގައުމީ ކްލަބް ޗެސް ޗެމްޕިއަންޝިޕު 2025 ގެ ތަށި ހޯދައިފިއެވެ.

މިއީ ކާސަލް ޗެސް ކްލަބުން ގައުމީ ޗެމްޕިއަންކަން ހޯދި

ދެވަނަ ފަހަރެވެ. ކާސަލް ޗެސް ކުލަބުންވަނީ، މި މުބާރާތް 2023 ގައިވެސް ކާމިޔާބުކޮށްފައެވެ.

2019 ވަނަ އަހަރުގެ ނެޝަނަލް ކްލަބް ޗެސް ޗެމްޕިއަންޝިޕުން ފެށިގެން ކާސަލް ޗެސް ކުލަބުން

އަންނަނީ،  ކޮންމެ އަހަރަކުވެސް މި މުބާރާތުގެ އެއްވަނަ

ނުވަތަ ދެވަނަ ހޯދަމުންނެވެ. ކާސަލް ޗެސް ޓީމުގައި ހަތަރު ކުޅުންތެރީން ހިމެނޭއިރު،

ރާއްޖޭގެ މިހާރުގެ  ޗެސް ޤައުމީޓީމުގެ އެއްކުޅުންތެރިޔަކު

މި ޓީމުގައި ހިމެނެއެވެ. ވުމާއެކު، މި ކުލަބު ވެގެންގޮސްފައިވަނީ، ވޭތުވެދިޔަ ފަސް

އަހަރުގެ ތެރޭގައި، ރާއްޖޭގެ އެންމެ ވާދަވެރި ޗެސް ކުލަބަށެވެ.

މި އަހަރުގެ މުބާރާތުގެ ދެވަނަހޯދީ، ވޭތުވެދިޔަ

2024 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި، [ސްޓޯންވޯލް ޗެސް ކްލަބުން] ނެވެ. ސްޓޯންވޯލްގެ

ފަސް ކުޅުންތެރީންގެ ތެރޭގައި، އެންމެފަހުންބޭއްވި ޤައުމީ މުބާރާތުގެ އެންމެމޮޅު ތިން

ކުޅުންތެރީންނާއި، ކުރީ އަހަރުތަކުގައި ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިޔަކާއި

އަދި މިހާރުގެ ރާއްޖޭގެ އަންހެން ޗެމްޕިއަން ހިމެނެއެވެ. ސްޓޯންވޯލް އިން ވަނީ، ކުޅުނު

ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފައެވެ. ވަރަށް ރަނގަޅު ކުޅުމަކާއެކު

މި މުބާރާތުގެ ތިންވަނަ ހޯދީ، "ހުޅުމާލެ ޗެސް ކުލަބުން" ނެވެ. މި މުބާރާތުގައި

ޓީމުތަކުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ފައިނަލް ބުރުގެ ނިޔަލަށް ޓައިޓަލް ރޭސް

އޮތީ ވަރަށްވެސް ފޯރިގަދަކޮށެވެ.

މި މުބާރާތުގައި  ޖުމުލަ 17 ކުލަބަކުން 84 ކުޅުންތެރީން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި އަރަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިން ފެނިގެންދިޔުމަކީ،

މިކުޅިވަރު ރާއްޖޭގައި ކުރިއަރަމުން އަންނަކަމުގެ އަލިގަދަ ހެއްކެކެވެ. މި މުބާރާތް

ބަލާލަން ވަޑައިގެންނެވި ފަރާތްތަކަށް، ރާއްޖޭގެ ރާޒުވާ ކުޅުމުގެ ފެންވަރު މަތިވަމުންދާކަން

ދައްކުވައިދޭ އިސްތިރާޖީ މޮޅެތި ގަނޑުތަކާއި، ކުޅިވަރުގެ ރޫޙާއި، ޒުވާންކަމުގެ ރޫޙު

އެއްކޮށްލައިގެން ފެނިގެންދިޔަ ތަފާތު ރާޒުވާ ގަނޑުތައް ވަނީ ފެނިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް