ޓީ20 ވަރލްޑް ކަޕް ކްރިކެޓް: ސެމީގެ ފަހު ޖާގަ ނިއުޒީލޭންޑުން ހޯދައިފި

ޓީ20 ވަރލްޑް ކަޕް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ނިއުޒީލޭންޑުން ހޯދައިފި އެވެ. އެ ޓީމުން މި ޖާގަ ހޯދީ ޔޫއޭއީގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ގަދަ 12ގައި އަފްޣާނިސްތާނު ބަލިކޮށްގެން ...

07 Nov 2021 | 17:36

ޓީ20 ވަރލްޑް ކަޕް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ނިއުޒީލޭންޑުން ހޯދައިފި އެވެ.

އެ ޓީމުން މި ޖާގަ ހޯދީ ޔޫއޭއީގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ގަދަ 12ގައި އަފްޣާނިސްތާނު ބަލިކޮށްގެން ނެވެ.

މި މެޗު ނިއު ޒީލެންޑުން އަފްޣާނިސްތާނު ބަލިކުރީ 8 ވިކެޓުން ނެވެ.

މި މެޗަށް ނުކުތް އިރު، ސެމީ ފައިނަލުގެ ޖާގަ ނިއުޒީލޭންޑަށް ލިބެން އޮތީ އަފްޣާނިސްތާނު ބަލިކޮށްގެން ނެވެ.

އަފްޣާނިސްތާނު މޮޅުވި ނަމަ، އިންޑިއާއާއި އަފްޣާނިސްތާނަށް ވެސް އުންމީދު އޮންނާނެ އެވެ.

ގްރޫޕް ދޭއްގެ އެއްްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދާ ޓީމު ޔަގީންވާނީ މިހާރު ޕާކިސްތާނު ކުޅޭ މެޗު ނިމުމުން ނެވެ. ޕާކިސްތާނުން ވެސް ސެމީ ޔަގީން ކޮށްފައި އޮތް އިރު، މިހާރު ކުޅޭ މެޗުގައި ސްކޮޓްލޭންޑް ބަލިކޮށްފި ނަމަ އެޓީމުން އެއްވަނައިގައި ސެމީއަށް ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް