މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕްގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ސޯލިހު ލަންކާއަށް

މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕްގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މ...

07 Nov 2021 | 17:20

މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕްގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހު ލަންކާއަށް ވަޑަައިގަންނަވާނީ މާދަމާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

https://twitter.com/MvSpokesperson/status/1457373983448322059?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1457373983448322059%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F70081

މިމުބާރާތުގައި ވާދަކުރަނީ ސްރީލަންކާ، ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.

"މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021″ ގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗް ކުޅޭނީ މާދަމާ ރޭ ސްރީލަންކާ އާއި ދެކޮޅަށެވެ.

ސްކޮޓްލެންޑުގެ ގްލަސްގޯގައި ކުރިޔަށްދިޔަ 2021ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 4 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް