ރަނގަޅު ޖީލެއް ގައުމެއްގައި އުފެދެނީ މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު: ނައިބު ރައީސް

ރަނގަޅު ޖީލެއް ގައުމެއްގައި އުފެދެނީ މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ޓަކ...

07 Nov 2021 | 13:52

ރަނގަޅު ޖީލެއް ގައުމެއްގައި އުފެދެނީ މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރަނގަޅު ޖީލެއް ބިނާކުރުމަށް ނަމޫނާ ދެއްކެވުމަށް ވެސް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އިސްލާމްދީނުން ގެނެސްދެނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ހައްލުކަމަށާއި އިސްލާމް ދީނުން ދަސްކޮށްދޭ ފިލާވަޅުތަކުގެ ބޭނުން ހިފައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

"މިއަދު ކުރުން އެންމެ މުހިންމު ކަމަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުން. އެއާއެކު އިސްލާމްދީނުގެ އަގީދާ ބަލައިގަތުމަކީ ދިވެހީންނަށް ލިބުނު އެންމެ ބޮޑު ނަސީބު. މިކަމަށްޓަކައި ﷲގެ ހަޟްރަތަށް ހަމްދުކޮށް ޝުކުރުދަންނަވަން." ނައިބު ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް