އިޤްތިޞާދީ ފުރަތަމަ ހަބަކަށް އައްޑޫ ސިޓީ ހަދާނަން: އިކޮނޮމިކް މިނިސްޓަރު

ލާމަރުކަޒު ކުރުމުގެ މަސައްކަތާއި އެކު ރާއްޖޭގެ ފުރަތަމަ އިޤްތިޞާދީ މަރުކަޒަކަށް އައްޑޫ ސިޓީ ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު އަލް އުސްތާޛް ފައްޔާޒް އިސްމާއި...

07 Nov 2021 | 12:29

ލާމަރުކަޒު ކުރުމުގެ މަސައްކަތާއި އެކު ރާއްޖޭގެ ފުރަތަމަ އިޤްތިޞާދީ މަރުކަޒަކަށް އައްޑޫ ސިޓީ ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު އަލް އުސްތާޛް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވެފައި މިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ ރިސޯޓް ލައިފަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ޓަކައި ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ލާމާރުކަޒީ ކުރުމުގެ މަސައްކަތާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އިޤްތިޞާދީ ސަރަހައްދުތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގައެވެ. އެގޮތުން އެންމެ ފުރަތަމަ ހަބަކަށް ވެގެން ދާނީ އައްޑޫ ސިޓީ ކަމުގައެވެ.

މީގެ އިތުރުން އައްޑޫ ތަރައްގީކުރުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައެވެ. މިގޮތުން އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ރަނގަޅު ކުރުމުގެ މަސައްކަތާއި ފަތުރުވެރިކަން ފުޅާކުރުމާއި އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އިތުރަށް ވިދާޅުވި ގޮތުގައި މާލެ އަށް ބަރޯސާވުން ކުޑަކޮށް ތަަރައްގީ ގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ އިގްތިޞާދީ ނާރެހަކާއި ދިމާއަށް ދެވޭ ގޮތަކަށް ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް