އިބްރާހިމީ މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މީހަކު ހައްޔަރުކޮށްފި

މާލޭގައި މިސްކިތަކަށް އަރައި ހަތިމަކަށް ކުޅުޖެހި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަން ހިނގާފައިވަނީ ހެންވޭރު މަސްޖިދުލް އިބްރާހިމްގައި އެވެ. މައްސަލައިގެ ރިޕޯޓު ފުލުހ...

07 Nov 2021 | 12:25

މާލޭގައި މިސްކިތަކަށް އަރައި ހަތިމަކަށް ކުޅުޖެހި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަން ހިނގާފައިވަނީ ހެންވޭރު މަސްޖިދުލް އިބްރާހިމްގައި އެވެ. މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކުރީ ހަވީރު 4:03 ގަ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ އަކީ މިދިޔަ މަހުގެ ތެރޭގައި ދެ މިސްކިތަކަށް އަރައި ކުޑަކަމު ދިޔަ މީހާ އެވެ. އެމީހާ ހައްޔަރުކޮށް ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

ދޫކޮށްލުމާއި އެކު ޖެހިގެން އައި ދުވަހު ވަނީ މިސްކިތަކަށް އަރައި ކުޑަކަމުގޮސްފަ އެވެ. އެއީ މިދިޔަ ހަފްތާގައި އެވެ.

ފުލުހުން ބުނީ ތަހުގީގަށް އެނގުނު ގޮތުގައި އެއީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއް ކަމަށެވެ. ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ކުޑަކަމުދާން އެނގެނީ ހަމަ އެކަނި މިސްކިތްތަކަށް އަރާ ތޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް