ފަތުރުވެރިން އަންނަމުންދާ ރޭޓުން، މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެއްވޭ ަކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ފަތުރުވެރިން އަންނަމުންދާ ރޭޓުން އެ ޓާގެޓަށް ވާސިލުވެވޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދު ހީނަރުވެފައިވާތީވެ، މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓްގައި ޓޫރިޒަމް މިނިސްޓްރީން ހިމަނާފައިވަނީ އަހަރު ނިމުމުގެ ކުރިން އެއްމިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.
ނަމަވެސް، ދުނިޔޭގެ ޤައުމުތަކުގައި ވެކްސިން ދޭން ފެށުމާއިއެކު ދަތުރު ފަތުރު ކުރުން އާންމުވުމާއި އެކު، އަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.
މި އަދަދު އަލުން 1.3 މިލިއަން ފަތުރުވެރިންނަށް ރިވައިޒް ކޮށްފައި މިވަނީ ސައުތު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އާދެވެން ހުރި ބޯޑަރުތައް ބަންދުކުރި ހިސާބުން ނެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި މި ސަބަބުތަކާހުރެ މި އަހަރު ނިމުމުގެ ކުރިން އަންނާނެކަމަށް ލަފާކޮށްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ވަނީ ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް ކަނޑައަޅާފައިވާ އެއްމިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް