ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ މިއަދު ހަވީރު ބާއްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މި ޖަލްސާ އޮންނާނީ މިއަދު ހަވީރު 16:15 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
މި ޖަލްސާ ކީރިތި ޤުރްއާންގެ ބަރަކާތުން ފަށާނީ ގައުމީ ޔުނިވަރސިޓީގެ ދަރިވަރު ނުހާ އިސްމާއީލް ކަމަށާއި މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދައްކާނީ ސްޓޭޓް މިނިސްޓަރ އޮފް ހޯމް އެފެއަރޒު މުހައްމަދު މާހިރު ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ "ކަންކަމުގައި އިސްނެގުމުގެ މުހިންމުކަން" މި މަޢުޟޫއަށް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 12 އޭ ގެ ދަރިވަރު ޙައްވާ ޒަހާދާ ވާހަކަ ދައްކާނެ ކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ މަދަހައެއް ހުށަހެޅުން ވެސް މިއަދުގެ ޖަލްސާގައި އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ދުވަހާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމާއި ޝަރަފުވެރި މެހްމާން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމުގެ ވާހަކަފުޅު ދެއްކެވުން އޮންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދުޢާ އެއް ކުރެއްވުން ވެސް މިއަދުގެ ޖަލްސާގައި އޮންނަ އިރު، އިސްވެ ދުޢާކޮށްދެއްވާނީ އައްޝައިޚް ނަޞްރުﷲ ޢަލީ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް