ބޯކޮށް ވާރޭވެހި ޗެންނާއީ ގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި އިންޑިއާގެ ޗެންނާއީގައި ފެންބޮޑުވެއްޖެ އެވެ. އިންޑިއާގެ މޫސުމާއިބެހޭ އިދާރާއިން ބުނާ ގޮތުގައި މިއީ 2015 ވަނަ އަހަރުގެ ފަހުން ޗެންނާއީއަށް އެންމެ ބޯކޮށް ވާރޭވެހުނު ފަހަރެވެ. އެ އިދާރާގެ...

07 Nov 2021 | 08:47

ބޯކޮށް ވާރޭވެހި އިންޑިއާގެ ޗެންނާއީގައި ފެންބޮޑުވެއްޖެ އެވެ.

އިންޑިއާގެ މޫސުމާއިބެހޭ އިދާރާއިން ބުނާ ގޮތުގައި މިއީ 2015 ވަނަ އަހަރުގެ ފަހުން ޗެންނާއީއަށް އެންމެ ބޯކޮށް ވާރޭވެހުނު ފަހަރެވެ.

އެ އިދާރާގެ ރިޕޯޓުތައް ބުނާއެގޮތުން ރެއިން ފެށިގެން ހުއްޓުމެއް ނެތި ޗެންއާއީއާ، އެ ސިޓީގެ އަވަށްތަކަށް އަންނަނީ ވާރޭވަހެމުން ނެވެ. އަދި ވަރަށްބޮޑެތުި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ޚާއްސަކޮށް އުތުރާއި މެދުތެރޭ ޗެންނާއީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެލަރޓު ވެސް ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް