އިރާޤުގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ގެކޮޅަށް ދިން ޑްރޯން ހަމަލާއަކުން ސަލާމަތްވެއްޖެ

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދީމީ އަވަހާރަ ކޮށްލަން ދިން ހަމަލާއަކުން ސަލާމަތް ވެއްޖެ އެވެ. އިރާގް އަސްކަރިއްޔާއިން ބުނީ އެ ހަމަލާ ދީފައިވަނީ ކަދީމީ ގެކޮޅުގައި ހުންނަވަނިކޮށް ޑްރޯންއެއް ބޭނުން ...

07 Nov 2021 | 08:08

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދީމީ އަވަހާރަ ކޮށްލަން ދިން ހަމަލާއަކުން ސަލާމަތް ވެއްޖެ އެވެ.

އިރާގް އަސްކަރިއްޔާއިން ބުނީ އެ ހަމަލާ ދީފައިވަނީ ކަދީމީ ގެކޮޅުގައި ހުންނަވަނިކޮށް ޑްރޯންއެއް ބޭނުން ކޮށްގެން ކަމަށެވެ. ހަމަލާގައި އެއްވެސް ވަރަކަށް އޭނާއަށް ގެއްލުމެއް ނުލިބެ އެވެ.

އެކަމަކު ބޮޑުވަޒީރުގެ ގެކޮޅުގެ ކަދީމީގެ އެންމެ އަރިސް ސެކިއުރިޓީންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

އިރާގުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހުންނަ ސަރަހައްދަކީ އެ ގައުމުގެ އެންމެ ސެކިއުރިޓީ ވަރުގަދަ ގްރީން ޒޯނެކެވެ. އެތަނުގައި ގިނަ ގައުމުތަކެއްގެ އެމްބަސީވެސް ހުުރެ އެވެ.

މުސްތަފާ އަވަހާރަކޮށްލަން ހަމަލާ ދިނީ ކޮންބައެއްކަމެއް އަދި ސާފެއް ނުވެއެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އެކަމަކު ބެލެވޭ ގޮތުގައި މިއީ އިންތިހާބާއި ގުޅިގެން އެ ގައުމުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުންތަކާއި ގުޅުން ހުރި ހަމަލާއެކެވެ. އިރާގުގެ އިންތިހާބުން ކުރި ހޯދީ ބޮޑުވަޒީރު ކަދީމީގެ ޕާޓީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް