އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ޑިސެމްބަރ މަހު ބާއްވަން ނިންމައިފި

އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ޑިސެމްބަރ މަހު ބާއްވަން ނިންމައިފި އެވެ. އެ ކޮލެޖުން ބުނީ 2020 އަދި 2021 ވަނައަހަރު ހިމެނޭގޮތަށް މިއަހަރު އެވިޑް ކޮލެޖުގެ ކޮންވޮކޭޝަން ބާއްވާނީ ޑިސެމްބަރު މަހުގ...

07 Nov 2021 | 07:36

އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ޑިސެމްބަރ މަހު ބާއްވަން ނިންމައިފި އެވެ.

އެ ކޮލެޖުން ބުނީ 2020 އަދި 2021 ވަނައަހަރު ހިމެނޭގޮތަށް މިއަހަރު އެވިޑް ކޮލެޖުގެ ކޮންވޮކޭޝަން ބާއްވާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި އެރަސްމިއްޔާތު ބާއްވާނީ ދެބަޔަކަށް ބަހާލައިގެން އެ ދުވަހުގެ ހެނދުނާއި ރޭގަނޑު ކަމަށެވެ.

މި ދެއަހަރު ތެރޭގައި އެކިއެކި ދާއިރާތަކުގެ ތަފާތު ކޯސްތަކުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ގްރެޖުއޭޓް ވެފައިވަ އިރު، އެދަރިވަރުންގެ ތެރެއިން ކޮންވޮކޭޝަން ރަސްމިއްޔާތުގައި ބައިވެރިވަނީ ކިތައް ކުދިންކަން އެނގޭނީ ކޮންވޮކޭޝަނުގައި ބައިވެރިވުމަށް އެދި ފޯރމް ހުށަހަޅަންޖެހޭ މުއްދަތު ހަމަވުމުން ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މި މުއްދަތު ހަމަވާނީ މި ނޮވެމްބަރ މަހުގެ 10 ވަނަދުވަހަށެވެ.

އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ރަސްމިއްޔާތާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވުމަށް 7269094 ނަންބަރަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އެދެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމު އަތްފޯރާ ފަދަ އަގެއްގައި ފޯރުކޮށްދެމުންގެންދާ ރާއްޖޭގެ  އެންމެ ބޮޑު އެއްކޮލެޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް