ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި

ދަންޖެހިގެން މަރުވި ކަމަށް ބުނާ އައިޖީއެމްއެޗް، ޕިލިޕިންސް ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނައީ ރޭގެ ވަގުތެއްގައި ކަމަށ...

07 Nov 2021 | 07:21

ދަންޖެހިގެން މަރުވި ކަމަށް ބުނާ އައިޖީއެމްއެޗް، ޕިލިޕިންސް ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ޢާއިލާއާ ހަށިގަނޑު ހަވާލު ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ގެ މަރުގެ މައްސަލަ ރިޕޯޓުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އޭނާ މަރުވީ އެ ދުވަހު ޑިއުޓީގައި ހުރެފައި ބްރޭކަށް ގެއަށް ގޮހެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިން ކަމަށް ބައެއް މީޑިއާގައި ވަނީ ޚަބަރުތައް ފަތުރާފަ އެވެ. އަދި އޭނާ ދަންޖެހުނު ކަމަށް ބުނީ ވެސް ފިރިމީހާ ކަމަށާއި އެ މަންޒަރު ދުށް މީހަކު ވެސް ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ މައްސަލާގައި މާވިން ހައްޔަރުކޮށްފައި ވާއިރު، މައުލޫމާތު ލިބިފައިވާގޮތުގައި މޭރީގެ ހަށިގަނޑުން ދަން ޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

މާވިން ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުހެއްގެ ފޯނު ވެސް ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް