ފުލުހުންނަށް ބޭނުންވާ ވެހިކަލާއި ގިނަ އަދަދެއްގެ ސާމާނު އިންޑިއާއިން ރާއްޖެއަށް ދެނީ

ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއަރުވާ ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ވެހިކަލާއި އައިއީޑީ ޑެޓެކްޓަރސް ފަދަ ގިނަ އަދަދެއްގެ ސާމާނު އިންޑިއާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރަން ނިންމައިފި އެވެ...

07 Nov 2021 | 03:52

ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއަރުވާ ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ވެހިކަލާއި އައިއީޑީ ޑެޓެކްޓަރސް ފަދަ ގިނަ އަދަދެއްގެ ސާމާނު އިންޑިއާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

މިތަކެތި ގަންނަން މިހާރު އިންޑިއާ ހައި ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. އެ އިއުލާނު ދިވެހި ފުލުހުންވެސް ވަނީ އާންމުކޮށްފައި އެވެ.

އެ ޢިއުލާނުގައި ހޯދަން އެދިފައިވަނީ ސިޑާންގެ ދެވައްތަރެއްގެ 15 ކާރާއި ޕިކަޕްވައްތަރުގެ 5 އުޅަނދާއި، ހަތަރު އެސްޔޫވީ އެވެ. އަދި ޝީލްޑާއި ރަޔަޓް ހެލްމެޓާއި ތާމަލް ދުރުމީއާއި ނައިޓް ވިޝަން ދުރުމިއާއި އައިއީޑީ ޑެޓެކްޓާސް އާއި މުގުރާއި މަގުމަތީ ބަހައްޓާ ކޯނާއި ބެރިކޭޑްވެސް އާއި މެޓަލް ޑިޓްކްޓާސް ހިމެނެ އެވެ.

ހައި ކޮމިޝަނުނު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންނަށް ބޭނުންވާ ތަކެތި 60 ދުވަހުގެ ތެރޭގައި ފޯރު ކޮށް ދިނުމަށެވެ.

އަދި މި ވެހިކަލްތައް ގެންނައިރު ދެ ޤައުމުގެއޮތް ގުޅުން ރަމްޒުކޮށްދޭ ފަދަ ލޯގޯއެއް ޖަހަން އެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް