މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ސޫރްޔަވަންޝީ" ސުޕާ ހިޓް ފިލްމަކަށް ވާނެ ކަމަށް މިހާރުވެސް ގަބޫލު ކުރަން ފަށައިފި އެވެ.
ކޯވިޑާއި ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި އޮންނަތާ 18 ވަރަކަށް މަސް ފަހުން ސިނަމާތަކުގައި ރިލީޒް ކުރި ފުރަތަމަ ފިލްމަކީ މިއެވ.ެ އަދި އިންޑިއާގެ ގިނަ ސިނަމާތަކަށް ފިލްމު ބަލަން ވަނުމުގެ ފުރުސަތު ދެނީ އެތަނެއްގެ 50 ޕަސެންޓު ޖާގައަށެވެ.
ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި 100 ޕަސެންޓާއި 50 ޕަސެންޓު ޖާގައިގަވެސް ހުކުރު ދުވަހު އެ ފިލްމު ރިލީޒް ކުރި ހުރިހާ ސިނަމާތަކެއް ފުލްކަމަށެވެ. އަދި އެ ދުވަހު އެކަނި "ސޫރްޔަވަންޝީ" އަށް 26 ކްރޯޑު އިންޑިއަން ރުޕީސް ލިބިފައިވާ ކަމަށެވެ.
އިއްޔެވެސް ހުރިހާ ސިނަމާތަކެއް ފުލްވެފައިވާތީ ފުރަަތަމަ ދުވަހާއި އެއްވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ގަބޫލު ކުރެ އެވެ. އަދި ފިލްމު ޑައުން ޓްރެންޑަކަށް ނުގޮސް ސުޕާ ހިޓް ވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް ބުނެ އެވެ.
ފިލްމަށް ފުރަތަމަ ދުވަހު ލިބުނު ކާމިޔާބީ އާއި އެކްޓިންއަށް ސަޕޯޓަރުން ކުރަމުންދާ ތައުރީފުން އަކްޝޭ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުކުރު އަދާކޮށްފަ އެވެ.
މި ފިލްމަކީ ރޯހިތް ޝެޓީ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.
“ސޫރްޔަވަންޝީ” އަކީ ރޯތިތު ކުރިން ޑައިރެކްޓުކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ސިންގަމް”، “ސިމްބާ” އަދި “ސިންގަމް ރިޓާން” ފަދަ ފުލުހުންގެ ދާއިރާއަށް އަމާޒުކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރު އާއި ކެޓްރީނާ ކެއިފްގެ އިތުރުން ރަންވީރު ސިންގް އަދި އަޖޭ ދޭވްގަންވެސް ފެނިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް