އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޖޯބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ކުރެއްވީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަ ކުރައްވައިގެންނެވެ. ބައިޑަންއަށް އިންތިހާބުގައި290 އިލެކްޓޯރަލް ކޮލެޖް ވޯޓަށް ހޯއްދަވާފައި ވާއިރު ރައީސް ޓްރަމްޕަށް ލިބިވަޑައިގެންނެވީ214 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ46 ވަނަ ރައީސަކަށް އިންތިހާބު ވެޑައިގެންނެވި ޖީ ބައިޑަންއަށް މަރުހަބާ ދަންނަވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ބައިޑަންގެ ރައީސްކަމުގެ ޒައާމަތުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެގޮތުން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލާއި މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތުގައި ބައިނަލް އަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
https://twitter.com/ibusolih/status/1325119483799887873
އަންނަ ޖެނުއަރީ މަހު ޑޮނަލްޑް ޓްރަމްގެ ވެރިކަން ނިމުމަކަށް އަންނަ އިރު މިދިޔަ މަހު ފަހުކޮޅު އެމެރިކާގެ ފޮރިން މިނިސްޓަރު މައިކް ޕޮމްޕިއޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުޅުގައި ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީދޭން ނިންމާފައި އެވެ. އޭގެ ތެރޭގައި ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނާއި، އިގްތިސޯދީ ދާއިރާ ހަމައަކަށް އެޅުމަށް ފައިސާގެ އެހީ ދީފައިވެ އެވެ.
އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް އެޅުމަށް އެ ދަތުރުފުޅުގައި ޕޮމްޕިއޯ ހާމަކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް