އެމެރިކާގެ ރިޔާސީ އިންތިހާބު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑަން ކާމިޔާބު ކުރައްވައިފި އެވެ.
އެމެރިކާގެ އިންތިހާބު ކާމިޔާބު ކުރަން 270 އިލެކްޓްރޯރަލް ކޮލެޖު ވޯޓު ބޭނުންވެ އެވެ. ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑޮލަންޑް ޓްރަމްޕާއި ވާދަ ކުރައްވައިގެންނެވެ.
ރިޔާސީ އިންތިހާބު ވޯޓު ގުނާ ނިމިފައިވާއިރު މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ވަގުތީ ނަތީޖާ ދައްކާގޮތުން ބައިޑަން ވަނީ 290 އިލެކްޓޯރަލް ކޮލެޖު ވޯޓު ކާމިޔާބު ކުރައްވާފައި އެވެ. ރައީސް ޓްރަމްޕަށް ލިބިވަޑައިގެންނެވީ 214 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.
މި ނަތީޖާ އާއި އެކު އުމުރުފުޅުން 77 އަހަރުގެ ބައިޑަން ވެގެންދާނީ އެމެރިކާގެ 46 ރައީސަށެވެ.
އަދި އިންތިހާބުން ނާކާމިޔާބާއި ކުރިމަތިވެވަޑައިގެންނެވި ރައީސް ޓަރްމްޕް ވެގެންދާނީ ވޭތުވެދިޔަ 28 އަހަރު ތެރޭ އެއް ދައުރަށް ފަހު އެމެރިކާގެ ރައީސްކަމުގެ މަގާމުން ދުރަށް ވަޑައިގަންނަވާ ފުރަތަމަ ރައީސް އަށެވެ.
އެމެރިކާގެ ރައީސްކަމުގެ ހުވާ ބައިޑަން ކުރައްވާނީ ޖެނުއަރީ 20 ގަ އެވެ.
އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެމެރިކާގައި މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކާއި އަޅާ ބަލާއިރު މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުޅުން ވަނީ ވަރަށް ބޮޑަށް ލަސްވެފައި އެވެ.
މިގޮތަށް ދިމާވީ ކޯވިޑް-19 އާއި ގުޅިގެން އިންތިހާބުގެ ވޯޓުލާ ކިޔޫ ކުޑަކުރުމަށް ވޯޓުލުން އޮންނަ ދުވަހުގެ ކުރިން ޕޯސްޓު މެދުވެރިކޮށް ވޯޓުލާން ހުޅުވާލި ފުރުސަތުގައި ވޯޓުލީ މީހުންގެ ވޯޓުތައް އެ ސްޓޭޓުތަކުގެ ވޯޓު ގުނާ މަރުކަޒުތަކަށް ލިބުން ލަސްވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް